އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާ ދިމާލުން މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ސިދުރަތުﷲގެ ހަށިގަނޑު ފޮނުވާލައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސިދުރަތުﷲގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނިފައިވަނީ ފީނަން ގޮސް އުޅުނު ބަޔަކަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 23 އޮކްޓޯބަރުގެ ހެނދުނު 10:40 ގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން، ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ.

އޭނާ މަރުވެފައިވާ ގޮތުގެ ހަގީގަތް ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.