އެޗްއާރުސީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފަރުވާ ލަސްވެގެން ރޭ ކުއްޖަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީޢެމް) އިން ބަލާނެ ކަމަށް ބުނެފިއެވެ.

އެޗްއާރްސީއެމުން ކުރި ޓުވީޓުގައި ބުނީ، ބަލިމީހާއަށް ލިބެންޖެހޭ ޚިދުމަތް އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން ކުށްވެރި ކުރާ ކަމަށާއި، ރޭ ދިމާވި ކަންތައް އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.

"ރޭ މެންދަމުގެ ވަގުތެއްގައި ނިޔާވި ކުޑަކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމުން. މި އުނދަގޫ ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެެދި ދުއާކުރަން" އެޗްއާރްސީއެމުން ކުރި ޓުވީޓުގައި ވަނީ ބުނެފައެވެ.

 

ކޮވިޑް-19 ގެ މި ހާލަތުގައި ސިއްޙީ ފަރާތްތަކުން ދެއްވަންޖެހޭ ފަރުވާވީހާވެސް އަވަހަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

އައިޖީއެޗްގެ އިމަޖެންސީ ރޫމް (އީއާރް) ގައި ކޮވިޑަށް ފަރުވާދެމުންދިޔަ ކުޑަ ކުއްޖަކު ރޭ 12:10 ގައި މަރުވިކަން އެޗްޕީއޭއިން ހާމަކޮށްފައިވާއިރު، މިދިޔަ މަހުގެ 31 ވަނަ ދުވަހު އައި ކޯލަކަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން މިއަދު ހުށަހެޅުނު ޝަކުވާއާއެކު، އެ ހިދުމަތް ފޯރުކޮށްދިނުމަށް އަވަސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ޖަޒީރާއަށް އެނގިފައިވާ ގޮތުގައި މަރުވި މި ކުއްޖާގެ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންދިއުމަށް އާއިލާއިން އެމްބިއުލާންސްގެ ހިދުމަތް ހޯދުމަށް ގުޅާފައިވަނީ ރޭ 9:00 ޖެހިއިރެވެ. ނަމަވެސް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭން ގިނަ އިރުތަކެއް ވެގެންދިޔަ ކަމަށް ކުއްޖާގެ އާއިލާންއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *