މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއި ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގެންފިއެވެ.

މިނިސްޓަރ އަސްލަމް އާއި ސުވާލުކުރުމަށް ނިންމާފައިވަނީ ގދ.ފަރެސްމާތޮޑާގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓާއި ގުޅިގެންނެވެ. އެގޮތުން، އެއާޕޯޓު ތަރައްގީކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި، ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކުރެވޭނެ ތާރީހު އަދި މަސައްކަތް ނިންމުމަށް ނަގާނެ މުއްދަތު ސާފުކޮށްދިނުމަށް މެންބަރު ހުސައިން ހުށަހަޅުއްވާފައިވެއެވެ.

ފަރެސްމާތޮޑާގައި އަޅާ އެއާޕޯޓަކީ މަސްވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް، ތަފާތު އިގްތިސާދީ މަސައްކަތްތައް ފުޅާ ކުރުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ އެއާޕޯޓެކެވެ. އެގޮތުން އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން މިހާރުވަނީ ހިއްކައި ނިމިފައެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން އެއާޕޯޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ވެސް ކޮށްފައެވެ. 

 ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅުއްވައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެވެސް ވައުދުފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.