"ހިޔާ މަޝްރޫއު" ގެ H7 ކެޓަގަރީއިން ދިރިއުޅުމުގެ ހާލަތު ދެނެގަނެވިފައިނުވާ މީހުންގެ ދެވަނަ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓުކޮށްފިއެވެ.

ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓެގަރީއަށް (H7 ކެޓެގަރީ) ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ ފަރާތްތަކުގެ ލިސްޓެއް ކުރިންވެސް ރައީސް އޮފީހުން ވަނީ ގެޒެޓުކޮށްފައެވެ. 

އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، 29 އޮކްޓޯބަރުގައި އާންމު ކުރެވުނު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން، ވެރިފައި ކުރުމުގެ ޕްރޮސެސްގެ ތެރެއިން އިތުރު ފަރާތްތަކަށްވެސް ނުގުޅޭކަން ފްލެޓް ކޮމިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ދެވަނަ ލިސްޓެއް 1 ނޮވެމްބަރުގައި ވަނީ ގެޒެޓުކޮށްފައެވެ.

އެހެންކަމުން، ފުރަތަމަ އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކެކޭވެސް އެއް ފަދައިން، 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފްލެޓް ކޮމެޓީން ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.