އިނގިރޭސި ޕްރިމިއަރ ލީގުގައި ފާއިތުވެދިޔަ 14 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި އެޓީމުން އަތުން އާސެނަލް މޮޅުވިއިރު ގެރެތު ބޭލް ޖަހައިދިން ލަނޑުން ޓޮޓެންހަމް މޮޅުވެ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. 

އާސެނަލް އަދި ޔުނައިޓެޑް އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ އާސެނަލްއެވެ. މި މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކެޕްޓަން ޕިއޭ އެމެރިކް އޮބަމަޔަންގއެވެ. މިއީ ޕްރިމިއަރ ލީގުގެ އަވޭ މެޗަކުން ޔުނައިޓެޑް އަތުން އާސެނަލް 2006 ވަނަ އަހަރުގެ ފަހުން މޮޅުވި ފުރަތަމަ ފަހަރެވެ. 

ޓޮޓެންހަމްއިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ހެރީ ކޭންއެވެ. މެޗުގެ 56 ވަނަ މިނެޓުގައި ތާރިގް ލަމްޓީގެ ލަނޑުން ބްރައިޓަން އެއްވަރުކުރި ނަަމަވެސް 73 ވަނަ މިނެޓުގައި ބޭލް ވަނީ ލަނޑެއް ޖަހައި މި މެޗުން ޓޮޓެންހަމްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ޓޮޓެންހަމް ވަނީ 14 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި 16 ޕޮއިންޓާއެކު އޮތީ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލްއެވެ. އާސެނަލް އޮތީ 12 ޕޮއިންޓާއެކު ނުވަވަނައިގައެވެ. ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 15 ވަނައިގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.