އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދު މަޖިލިސް ފެއްޓެވުމުގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފިނޭންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި އެ ބަޖެޓް އަންނަ ހޯމަ ދުވަހު ހުށަހެޅިގެންދާނެ ކަމަށެވެ. 

ބެޖެޓް، މެންބަރުންނާ ހިއްސާކުރާނީ ފިނޭންސް މިނިސްޓަރު މަޖިލީހަށް އެ ހުށަހެޅުމަށްފަހުއެވެ. އެއަށްފަހު ބަޖެޓްގެ ދިރާސާ ކޮމިޓީގައި ފެށޭނެއެވެ. 

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކޮމިޓީ ދިރާސާއަށްފަހު މި މަހުގެ 16 ވަނަ ދުވަހު ބަޖެޓް ބަހުސް ފެށިގެންދާނެއެވެ. 87 މެންބަރުން ތިއްބަވައި މަޖިލީހުގައި ކޮންމެ މެންބަރަކަށް ބަޖެޓަށް ބަހުސް ކުރެއްވުމަށް 15 މިނެޓްގެ ފުރުސަތެއް ލިބިގެންދާނެއެވެ. 

ދުވާލާއި ރޭގަނޑާއެކު މަސައްކަތްކޮށްގެން ބަޖެޓްގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލީހުގެ މި ދައުރު ނިމޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.