ނައިބު ރައީސް ކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކިކުރި މައްސަލާގައި އޭނާ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެއެވެ. 

ޖަމީލު، ނައިބު ރައީސް ކަމުން ވަކިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ. އޭނާ އޭގެ ފަހުން ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައެވެ. 

އިނގިރޭސިވިލާތުގައި އޭރުގެ އިދިކޮޅުގެ ބޭފުޅުންނާއެކު ސިޔާސީ ހަރަކާތް ޖަމީލު ހިންގެވިއެވެ. ޖަމީލު ރާއްޖެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވުމާއެކުއެވެ. 

ނައިބު ރައީސްކަމުން ޖަމީލު ވަކިކޮށްފައިވަނީ އޭރު އިދިކޮޅު ފަރާތްތަކާ ގުޅެން އުޅޭ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ޖަމީލު ވަނީ އޭނާ، އެ މަގާމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އެހެންވެ ދައުލަތާ ދެކޮޅަށް ޖަމީލު ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ. 

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވެސް ހިމެނިވަޑައިގަންނަވާހެން މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. 

ޖަމީލު މިހާރު މަސައްކަތް ކުރައްވަމުން ދަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުންނެވެ. އަދި އޭނާއަކީ ޕީޕީއެމްގެ އެޑްވައިޒަރެއްވެސްމެއެވެ. ޖަމީލު މިހާރު މަސައްކަތް ކުރައްވަމުން ދަނީ އޭނާ މަގާމުން ދުރުކުރި ފަރާތްތަކާއެކުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.