އައްޑޫ ސިޓީގައި ގެއިން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފިއެވެ. 

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ވަކިން އޮންނަ ހުޅުމީދޫގައި ވެސް މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. 

މިއީ މާލެ ސިޓީ ފިޔަވައި މާސްކު އެޅުން މަޖުބޫރުކުރި ފުރަތަމަ ފަހަރެވެ. 

މިހާރު އަމަލު ކުރަންދާ ގޮތުންނަމަ، މާސްކު އެޅުން މަޖުބޫރު ވާނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައެވެ. އަދި މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކުގައި ވެސް މާސްކު އަޅަން ޖެހެއެވެ. 

މީގެއިތުރުން ދަރުރުފަތުރު ކުރާއިރު ވެސް މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. 

ގެސްޓްހައުސްތައް ރަށްރަށުގައި ހުޅުވާލާފައިވާއިރު ރަށްރަށަށް ދާ ގެސްޓުން ވެސް މާސްކު އެޅުން މަޖުބޫރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.