ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޮވުމަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

މިއަދު ޖޭއެސްސީއިން ވަނީ މިއިން ކޮންމެ ކޯޓަކަށް އެއް ފަނޑިޔާރަކު ހޮވުމަށް އިއުލާންކޮށްފައެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ 14:00 އަށެވެ. މި ދެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތީން ކަމަށްް ޖޭއެސްސީއިން ވަނީ ބުނެފައެވެ. 

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހެއެވެ. 

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރައާއި އެލެވެންސާއެކު މަހަކު 48،300 ރުފިޔާ ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް 46،650 ރުފިޔާ ލިބެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.