ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނީ --ފޮޓޯ: މުހައްމަދު އައުޒަމް / ވަން އޮންލައިން

ކޮވިޑް ޖެހިގެން އިތުރު 4 މީހަކު މަރުވެއްޖެއެވެ.

ރޭ މެންދަމުން ފެށިގެން މިއަދު ހެނދުނު 6:30 އާ ހަމައަށް ޖުމްލަ 4 މީހަކު ކޮވިޑްގައި މަރުވެފައި ވާއިރު، މީގެ ތެރެއިން 3 މީހުން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އަދި އެކަކު މަރުވީ ބ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައެވެ.

މިއާއެކު މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 165 އަށް އަރާފައެވެ.

މިއަދުގެ ފުރަތަމަ މަރަކީ ހުޅުމާލެ މެޑިކަލް ފެސިލިީގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު 3:41 ގައި މަރުވި މީހެކެވެ. އޭނާއަކީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 162 ވަނަ މީހާއެވެ.

މިއަދުގެ ދެވަނަ މަރަކީ ބ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:40 ގައި މަރުވި މީހެކެވެ. އޭނާއަކީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 163 ވަނަ މީހާއެވެ.

މިއަދުގެ ތިންވަނަ މަރަކީ ހުޅުމާލެ މެޑިކަލް ފެސިލިީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 5:46 ގައި މަރުވި މީހެކެވެ. އޭނާއަކީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 164 ވަނަ މީހާއެވެ.

މިއަދުގެ ހަތަރުވަނަ މަރަކީ ހުޅުމާލެ މެޑިކަލް ފެސިލިީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 6:14 ގައި މަރުވި މީހެކެވެ. އޭނާއަކީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 165 ވަނަ މީހާއެވެ.

މި ބަލީގައި މިއަދު 4 މީހުން މަރުވެފައި ވާއިރު، ނިމިދިޔަ މޭ މަހު 88 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ ބަލި ޖެހޭ މީހުންގެ އަދަދު ވެސް ބޮޑުތަނުން އިތުރުވެފައި ވަނިކޮށެވެ. ނިސްބަތުން ބަލާނަމަ، ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވަނީ މި ބަލި ޖެހޭ މިހުންގެ 0.3 އިންސައްތަ މީހުން ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *