ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތާ ގުޅޭ އިތުރު ދައުވާތަކެއް ކުރުމަށް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިއަދު "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީއާ ގުޅޭ ގިނަ މައްސަލަތަކެއް މިހާރު ކޯޓަށް ހުށަހެޅި އެ މައްސަލަތައް ކުރިޔަށްދާ ކަމަށެވެ. އޭގެ އިތުރުން ކުރިޔަށް އޮތް ހަފްތާގައި ވެސް އެމްއެމްޕީއާރްސީއާ ގުޅޭ އިތުރު މައްސަލަތަކެއްގެ ދައުވާ ކުރަން ކޯޓަށް ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ އޭނާ ކޮޅެއްގައި ޖައްސަވާނެ ކަމަށެވެ. އަދި އެ މައްސަލައަކީ ނުބެލޭނެ ވަރުގެ ކަމެއް ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.