މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2020 ވަނަ އަހަރުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭވުމަށް ނިންމީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން 2 ޑިރެކްޓަރުން އިންތިހާބުކުރަންޖެހޭއިރު، 27 ސެޕްޓެމްބަރުގައި ބޭއްވުނު އާންމު ޖަލްސާގައި އިންތިހާބުކުރެވުނީ އެންމެ ހިއްސާދާރަކަށް ކަމަށްވާތީއެވެ. ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ އަނެއް ޑިރެކްޓަރު އިންތިހާބުކުރުމުގެ ގޮތުންނެވެ.

ހުސްވެފައިވާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާފައިވަނީ 2 ފަރާތެކެވެ. އެއީ މ.މެއިންޒް، އަލްފާޟިލް މުހައްމަދު އިމްރާން އަދުނާން އަދި މ.ޝެހެނާޒްމަންޒިލް، އަލްފާޟިލް އަބްދުﷲ ސައީދުއެވެ. މުހައްމަދު އިމްރާންއަކީ ކުރިންވެސް އެމްޓީސީސީގެ ބޯޑް ޑިރެކްޓަރު ކަމުގެ މަގާމް ފުރުއްވާފައިވާ ފަރާތެކެވެ. އަބްދުﷲ ސައީދުވަނީ އެމްޓީޑީސީގެ ބޯޑް ޑިރެކްޓަރުކަން ކުރައްވާފައެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އާންމު ޖަލްސާއެކޭވެސް އެއްފަދައިން މި ޖަލްސާވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށެވެ. އެމްޓީސީސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، ނޮވެމްބަރު 15ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓްރޭޝަން ފަހު ތާރީހަކީ 13 ނޮވެމްބަރުވާ ހުކުރު ދުވަހުގެ 16:00އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.