އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުތައް ޗެލްސީ އަދި މެންޗެސްޓަރ ސިޓީއިން ކާމިޔާބުކުރިއިރު ވެސްޓް ހަމް ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ޖެހިލައިފިއެވެ. 

ލިވަޕޫލްއިން ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި ވެސްޓް ހަމް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވެސްޓް ހަމްއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޕަބްލޯ ފޯރނާލްސްއެވެ. ލިވަޕޫލްއިން މެޗުގައި އެއްވަރުކުރީ 42 ވަނަ މިނެޓުގައެވެ. އެޓީމަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުން މުހައްމަދު ސަލާހުއެވެ. މުހިންމު ޑިފެންޑަރުން ނުލައި ކުޅުނު މެޗުން ލަވަޕޫލް މޮޅުވި ލަނޑު 85 ވަނަ މިނެޓުގައި ޖަހައިދިނީ ޔޯޓާއެވެ. 

ޗެލްސީ އަދި ބާންލީ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކުރީ ޗެލްސީއެވެ. މި މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޓީމޯ ވާނާ އާއި ކާޓް ޒޫމާގެ އިތުރުން ހަކީމް ޒިޔެޗްއެވެ. 

ސިޓީއިން ވަނީ ކައިލް ވޯކާގެ ލަނޑުން 1-0 އިން ޝެފީލްޑް ބަލިކޮށްފައެވެ. 

އެވަޓަންއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއްވަނައިގައި ލިވަޕޫލް އޮތީ 16 ޕޮއިންޓާއެކުއެވެ. އެވަޓަން 13 ޕޮއިންޓާއެކު އޮތްއިރު 3 ވަނައިގައި އޮތީ ވުލްވުސްއެވެ. ހަތަރުވަނަ ލިބެނީ ޗެލްސީއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.