ރާއްޖެއިން ކޮވިޑްގައި 38 ވަނަ މީހަކު މަރުވެއްޖެއެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި ރޭ 07:30 ހާއިރު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު 09:45 ގައި މަރުވެފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި 38 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ރާއްޖެއިން ކޮވިޑްގައި އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އެއީ މި ބަލީގައި އެންމެ ރިސްކް ބޮޑު މީހުންނެވެ. 

މާލޭ ސަރަހައްދުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު މި ދުވަސްވަރު ވަނީ މަދުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.