މަޝްހޫރު ރޫޓް ފިހާރައިގެ 4 މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ 4 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

އެ ހަތަރު މީހުންނަކީ ވ.ޕިންކްވިލާ، އަހްމަދު އަމީރު (20އ) އާއި ގއ.ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 2678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ.ގަން/ތުނޑި ކީމިޔާގެ، އަބްދުލް ރާޝިދު (27އ)އެވެ.

ފުލުހުން ބުނެފައިވާގޮތުގައި، މި 4 މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށުގެ ރެކޯޑްއޮންނަ މީހުންނެވެ. މި މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެ ހާދިސާ ހިނގި ވީޑިއޯއިން ފެންނަ ގޮތުގައި ރޫޓްގެ ފައިސާތައް ފޭރުމުގައި ހަރަކާތްތެރިވެފައިވަނީވެސް ޖުމްލަ 4 މީހުންނެވެ. އެ އެންމެން ވެސް ތިބީ ކަޅު ކުލައިގެ އެއްޗެހި ލައިގެން ހެލްމެޓާއި މާސްކު އަޅައިގެނެވެ.

ރޫޓްގެ ފައިސާތައް ޖަމާ ކުރަން އެ ކުންފުނީގެ ވޭން ބެންކް އޮފް ސިލޯން ކުރި މައްޗަށް މަޑު ކުރުމުން އެ ވޭނުގައި ތިބި މީހުންނަށް ހަމަލާ ދިނުމަށް ފަހު ފައިސާތައް ފޭރިގަންނަން އުޅުނެވެ. އެހެން ނަމަވެސް ބެންކުގެ ސެކިއުރިޓީ ގާޑާއި ރޫޓްގެ މުއައްޒަފުން ކުރި މަސައްކަތުން އެ ފޭރުން ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ.

ފުލުހުން ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.