އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީގެ ޚާއްސަ ދަތުރުފުޅަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާރޓަރ ކުރުމަކީ އިންޑިޔާ އާއި ރާއްޖެއިން އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑީރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ސްޕައިސް ޖެޓް ކުންފުނިން ވޯދީގެ ދަތުރުފުޅަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއް ޗާރޓަރކުރި ކުރުމަށް އިޝާރާތް ކުރައްވާ ރިޒްވީ ވިދާޅުވީ، އިންޑިޔާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ސީޕްލޭން ޗާރޓަރ ކުރެވޭނެ ކަމަށާއި، ސީޕްލޭންގެ ހިދުމަތް ދެމުންގެންދާ އެތަށްގައުމެއް އޮތް ނަމަވެސް އަވައްޓެރި އިންޑިޔާއިން ރާއްޖޭގެ ޤައުމީ އެއަރލައިން އިހްތިޔާރުކުރިކަމީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރަކާއި ޝަރަފެއް ކަމަށެވެ.

"މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަން އެތައްތަނަކުން އިތުރުވެ ވިޔަފާރިގެ ދާއިރާއިން ބޮޑެތިކުރިއެރުން ތަކެއް ލިބިގެން ދާނެ. އަދި ސްޕައިސްޖެޓްފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަޤީންކަން ލިބުމަކީ ވައިގެ އުދުހުންތަށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރުފަހިކަމެއް ލިބިގެންދާނެކަމެއް، މިފުރުސަތުގެ ބޭނުންވީހާވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން" ރިޒްވީ ވިދާޅުވިއެވެ.

އަދި ސްޕައިސްޖެޓްގެ މިދަތުރުގެއިތުރުން، އިންޑިޔާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެކަމަށާއި އެފަދަ މަޝްވަރާތަކެއް މިހާރުވެސް ކުރިއަށްދާކަމަށް ރިޒްވީ ވިދާޅުވިއެވެ.

މޯދީގެ ދަތުރުފުޅަކީ ދެގައުމަށްވެސް ވިންވިން ސިޓުއޭޝަނެކެވެ. ދަތުރާއެކީގައި ޒަމާންވީ ދިވެހިރާއްޖެ އިންޑިޔާގެ ގުޅުން ބަދަހިވުމުގެ އިތުރަށް ދިވެހިރާއްޖޭގެ މާސިންގާ ކަޑުތަކުން ދިވެހިންހޯދާ ތަޖުރިބާއަކީ ބޮޑެތި ގައުމުތަކުން އިޙްތިރާމުކުރާ އަދި ބަލައިގަންނަ ކަމެއްކަން މިދަތުރުން އެނގި އެކަމާ ނުހަނު ފަހުރުވެރިވާކަމަށް ރިޒްވީ ވިދާޅުވުއެވެ.

އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅުގެ ކަންކަމުގައި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށް ރިޒްވީ ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކުރިއެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަނެވި އުންމީދީ މުސްތަގުބަލެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.