ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އިންނަވަނިކޮށް ހާލު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ސިޔާމް ހާލު ދެރަވީ މަޖިލީހުގެ ތަޅުމުގައި އިންނެވުމަށް ފަހު ގޯތި ތެރެއަށް ނިކުމެވަޑައިގަތް ވަގުތުގަ އެވެ. އަދި ހާލު ދެރަވެ، ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އަދި ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ ފަރުވާއަށް ފަހު ޝިޔާމްގެ ހާލު ރަނގަޅުވެފައިވާ ކަމަށެވެ. އަދި އިއްޔެ އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ޕީޕީއެމް ޕީއެންސީ އިން ބުންޏެވެ. 

ޝިޔާމްގެ ހާލު ދެރަވެފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އިދިކޮޅު ފަރާތްތަކުން ނުބުނެ އެވެ. އެހެން ނަމަވެސް އޭނާއަށް ސްޓްރޯކެއް ޖެހިވަޑައިގަތް ކަމަށް އަޑު ފެތުރުމުން އެކަން ދޮގު ކުރި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.