އައްޑޫ ސިޓީގައި ހުންނަ މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ އޮފީހަށް ގެއްލުންދީ ބައެއް ލިޔެކިޔުންތައް ވަގަށް ނަގައިފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި އެޗްއާރްސީއެމް ހިންގާ އިމާރާތާއި މުދަލާއި ތަކެއްޗަށް މިއަދުގެ ވަގުތެއްގައި ބޮޑެތި ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެ އިދާރާގައި ބޭނުން ކުރާ ބައެއް ތަކެއްޗާއި ކޮމިޝަންގެ ލިޔެކިޔުންތައް ގެންގޮސްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ގެއްލުމުގެ ފުރިހަމަ ތަފްސީލް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ ހިދުމަތްތައް އަލުން ދެވެން ފަށައިގަނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"...މި ހާދިސާގެ ސަބަބުން ހިއުމަން ރައިޓްސް ކޮމިޝަން އިން އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވާ، ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތައް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަން ހިތާމައާއެކު ފާހަގަ ކުރަން،" 

ފުލުހުން އަންނަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.