ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި ބާސެލޯނާ ހަމަޖެހިލައިފިއެވެ. 

ރަށުން ބޭރުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު ގްރީޒްމަންގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ އުސްމާން ޑެމްބެލޭއެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ދެ ލަނޑު ޖެހި ނަމަވެސް އެ ދެ ލަނޑު ވެސް ބަލާފައިވަނީ އޮފްސައިޑް ލަނޑުގެ ގޮތުގައެވެ. 

ދެވަނަ ހާފު ފެށިގެން ވެސް ދެ ޓީމުން ހަމަލާ އުފައްދަމުން ދިޔައިރު މޮރާޓާ ޖެހި ތިންވަނަ ލަނޑެއް ވެސް ވަނީ ވީއޭއާރު މެދުވެރިކޮށް އޮފްސައިޑް ކަމަށް ނިންމާފައެވެ. އޭނާ ވެގެންދިޔައީ ވީއޭއާރު ބޭނުންކުރަން ފެށި ފަހުން އޮފްސައިޑް ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި މެޗުގައި ބާސާއިން ޖެހި ދެވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ ކެޕްޓަން މެސީއެވެ. 

މި ގްރޫޕްގެ ދެވަނަ މެޗުގައި ފެރެންވަރޯސް އަދި ޑީނަމޯ ކިއޭވް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ބާސާއެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ތިންވަނައިގައި އޮތީ ޑީނަމޯ ކިއޭވްއެވެ. އަދި ހަތަރު ވަނަ ލިބެނީ ފެރެންވަރޯސް އަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.