ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރުހީވެ މޮނިޓަރިންގެ ހާލަތު އިއުލާން ކުރިތާ 9 ދުވަސް ފަހުން، މޮނިޓަރިން އުވާލުމަށް ނިންމައިފިއެވެ.

މޮނިޓަރިންގެ ހާލަތު އުވާލާކަން އަންގާފައިވަނީ ޑިރެކްޓަރ އޮފް ޖެނެރަލް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އިއްޔެ ނެރުއްވި އިއުލާނެއްގައެވެ. އެގޮތުން، 28 އޮކްޓޯބަރުގެ، 19:12 އިން ފެށިގެން ކުޅުދުއްފުށީގައި އޮތް މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައެވެ.

މިކަން އަންގައި ނެރެފައިވާ ލިޔުމުގައި ވާ ގޮތުން، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައަޅާފައިވާ ކަންތައްތަކަށް ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ފެންނާތީ މޮނިޓަރިން އުވާލުމަށް ނިންމީއެވެ.

ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތަަށް ގެނެސްފައިވަނީ 17 އޮކްޓޯބަރުގައެވެ. މޮނީޓަރިންއަށް ގެނައީ ރެންޑަމްކޮށް ފުލުހުންގެ ތެރެއިން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވްވެ، އަދި އެމީހުންގެ ބައެއް އާއިލާ މީހުން ވެސް ޕޮޒިޓިވްވެފައިވާތީއެވެ.

އެހެންނަމަވެސް، އެޗްޕީއޭއިން ފަހުން ބުނިގޮތުގައި، ކުޅުދުއްފުށީ ސިޓީގައި ހިނގާފައިވަނީ ކޮވިޑްގެ ލޯކަލް ޓްރާންސްމިޝަނެކެވެ. ލޯކަލް ޓްރާންސްމިޝަންގެ މާނައަކީ އެއް ބައެއްގެ ތެރޭގައި ނުވަތަ އެއް ކްލާސްޓާ ތެރޭގައި ބަލި ފެތުރުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.