އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވްގޮތުގައި ޔުނެސްކޯއިން ކަނޑައަޅައިފިއެވެ. ޔުނެސްކޯއިން މިގޮތަށް ކަނޑައެޅީ މިއަދު އޮތް ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލުގައެވެ.

ބަޔޮސްފިއަރ ރިޒާވްގެ ލަގަބަކީ ގުދުރަތީގޮތުން ރީތި ސިފަތަކެއް ލިބިގެންވާ, މީހުންނަށް ދިރިއުޅެވޭނެ ފަދަ ސަރަހައްދުތަކަށް ޔުނެސްކޯއިން ދެމުން އަންނަ ލަގަބެކެވެ. މި ލަގަބު މިހާތަނަށް ދިވެހިރާއްޖެއިން ލިބިފައިވަނީ ބ. އަތޮޅަށް އެކަންޏެވެ. 

އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުމަށް ނިންމީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. މި ނިންމެވުމާ އެއް ގޮތަށް 30 ސެޕްޓެންބަރ 2019 ގައިވަނީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައެވެ. މިއީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއަތްތަކުގެ ބޭފުޅުންނާވެސް މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.