ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަދި ޗެލްސީން ބައްދަލުކުރި މެޗުގެ ތެރެއިން

މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ.

ކުރިން މިއަހަރުގެ ފައިނަލް ތުރުކީގެ އިސްތަމްބޫލުގައި ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް ކޮވިޑާއި ގުޅިގެން ތުރުކީ ލޮކްޑައުން ކުރުމާއިއެކު މި އަހަރަގު ފައިނަލް މެޗު ކުޅެފައިވަނީ ޕޯޗުގަލްގެ ޕޯޓޯގައެވެ.

ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކޮށް ޗެލްސީން މި މުބާރާތް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ލަނޑު ޖަހަން ހުސްފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ޗެލްސީގެ ޓީމޯ ވާނާއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ރަހިމް ސްޓާލިންއަށް ވެސް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކައި ހާވާޓްސް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ހާވާޓްސް ކާމިޔާބުކުރި ފުރަތަމަ ލަނޑުވެސް މެއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސިޓީއަށް މައްސަލަތަކެއް ދިމާވެފައިވަނީ އެޓީމުގެ ކެޕްޓަން ކެވިން ޑިބްރައިނާ އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުމާއިއެކުއެވެ. އެހެން ނަމަވެސް ސިޓީއަށް ވަނީ މި ހާފުގައި ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ސިޓީގެ ގެބްރިއަލް ޖީސޫސޫސް އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *