ޓައިޓޭނިކްގެ ވާހަކައާއި، އެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމާ، ފިލްމާ އެކުވާ ލަވަތަކަކީ މުޅި ދުނިޔޭގެ އެންމެވެސް ދަންނަ، ބޮޑު މަޤުބޫލުކަމެއް ހޯދިކަންކަމެވެ. ޓައިޓޭނިކަށް އެވަރުގެ ބޮޑު ސަމާލުކަމެއް ލިބިގެންދިއުމުގައިވެސް ފިލްމްގެ ދައުރު ބޮޑެވެ.

މައްޝޫރު ބޯޓު ޓައިޓޭނިކް އާ އެއްގޮތަށް ޗައިނާގައި ހަދާ ތީމް ޕާކެއްގައި ޓައިޓޭނިކް ބޯޓު މަރާމާތުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން ޓައިޓޭނިކްގެ ތަޖުރިބާ ކޮށްލެވޭނެ ގޮތަށް ސިޝްވާން ޕްރޮވިންސްގެ ޑޭއިން ކައުންޓީގައި ހަދަމުންދާ ޕާކުގައި ދަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

މި ބޯޓުވެސް ތައްޔާރުކޮށްފައިވަނީ ޓައިޓޭނިކްގެ އަސްލު ސައިޒަށެވެ. އެގޮތުން ދިގުމިނުގައި 882 ފޫޓް އަދި ފުޅާމިނުގައި 92 ފޫޓު ހުރެ އެވެ. ތިއޭޓާ, އޮބްޒަވޭޝަން ޑެކް އަދި ސްވިމިން ޕޫލްވެސް މި ބޯޓުގައި ހިމެނެ އެވެ. ނަމަވެސް އެ ހިދުމަތްތައް ބޭނުންކުރެވޭނީ ފައިސާ ދައްކައިގެންނެވެ.

މި ބޯޓް މަރާމާތުކޮށްފައިވަނީ ކިޖަންގް ކޯރުގައެވެ. ބޯޓު މަރާމާތުކުރުމުގައި 23000 ޓަނުގެ ސްޓީލް އަދި 1 ބިލިއަން ޔުއާން ހޭދަވިކަމަށް މައުލޫމާތު ލިބެއެވެ.

ޓައިޓޭނިކްގެ ތާރީހަށް ބަލާއިރު އެންމެ ފުރަތަމަ ދަތުރު ފަށާފައިވަނީ އިންގްލޭންޑް އިން ނިއު ޔޯކަށް 1912 ގެ އެޕްރިލް 10 ވަނަ ދުވަހު ގައެވެ. އެއީ އެދުވަސްވަރު އޮތް އެންމެ ބޮޑު ބޯއްޓެވެ.

އެޕްރިލް 14 ވަނަ ދުވަހު އައިސްބާގެއްގައި ޖެހި ބޯއްޓަށް ގެއްލުންލިބި ވަނީ ބޯޓު އަޑިއަށް ގޮސްފައެވެ. މިހާދިސާގައި 1517 މީހުން މަރުވެފައިވާއިރު ސަލާމަތްވެފައިވަނީ 706 މީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.