"ގްލޯބަލް އެލައެންސް ފޮ އެޑަޕްޓިވް ޕޮލިސިންގ" ނަމުގައި އިންޓަޕޯލްއިން ހިންގަމުން އަންނަ ހާއްސަ ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންފިއެވެ.

ގްލޯބަލް އެލައެންސް ފޮ އެޑަޕްޓިވް ޕޮލިސިންގ އަކީ ގިނަ ގައުމްތައް ގުޅިގެން ކުށް ހުއްޓުވާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިންޓަޕޯލްއިން އިސްނަގައިގެން ބާއްވަމުން އަންނަ ބައްދަލުވުންތަކެކެވެ. "ދަ އިންވިންސިބަލް ޕޮލިސް: ކޮންސްޓެންޓްލީ އިނޮވޭޓިންގ ލޯ އެންފޯސްމެންޓް" މި ތީމުގެ ދަށުން ބޭއްވުނު ބައްދަލުވުން ތަކުގައި އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އިރާގް، ޕާކިސްތާން، އަދި ޗައިނާގެ ފުލުހުންގެ އިސް ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި، ސީޕީ ހަމީދުވަނީ ދިވެހިރާއްޖެއަށް އަންނަ ބަދަލުތަަކާއެކު ފުލުހުންގެ މަސައްކަތްވެސް ތަރައްގީކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިންޓަޕޯލްއާއެކު ހިއްސާކޮށްފައެވެ.

ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ސީޕީ ހަމީދުވަނީ އިންޓަޕޯލްއިން މެންބަރު ގައުމްތަކަށް ވެދެއްވާ އެހީ ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.