ކޮވިޑްގެ ސަބަބުން ދިމާވެފައިވާ އިގުތިސޯދީ އަނދަވަޅުން އަރައިގަތުމަށް ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް އެއިޑް (ޔޫއެސްއެއިޑް)އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީ އިތުރު ކުރުމަށް ނިންމައިފިއެވެ. 

އެކަން ހާމަ ކުރައްވާފައިވަނީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. 

ކޮވިޑާ ގުޅިގެން އެމެރިކާއިން ވަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރު ވެސް ހިމެނެއެވެ. 

ޕޮމްޕޭއާއެކު ރަސްމީ ބައްދަލުވުންތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބާއްވަވާފައިވާއިރު، ޕޮމްޕޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލު ކުރައްވާފައެވެ. 

މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮމްޕޭއާއެކު ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ބޭއްވުނު ކަމަށާއި ރާއްޖެ އާއި އެމެރިކާއާ ދެމެދު ޓްރޭޑް، އިންވެސްޓްމެންޓް އަދި މެރިޓައިމް ސެކިއުރިޓީއާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރުމަށް ވާހަކަ ދެކެވުނު ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމްއާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާ މަންޒަރު ފެނިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއީ އެމެރިކާގެ މިހާ އިސް ބޭފުޅަކު ރާއްޖެއަށް ކައިރި މުސްތަގުބަލެއްގައި ވަޑައިގެންނެވި ފަހަރެވެ. އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެންމެފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992 ވަނަ އަހަރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.