ރޫޓް ފިހާރައިގެ ފައިސާތައް ފޭރެން އުޅުނު މައްސަލާގައި ދެވަނަ މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ދިޔަ ގިނަ އަދަދެއްގެ ފައިސާތައް ފޭރެން އުޅުނު މައްސަލާގައި 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި 20 އަހަރުގެ މީހެއް ވެސް ހައްޔަރުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެ ހާދިސާގެ ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާތައް ފޭރެން ހަތަރު މީހަކު އުޅުނެވެ. އެ މީހުން ތިބީ މާސްކު އަޅައި ހެލްމެޓު ވެސް އަޅައިފަ އެވެ. 

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.