އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއާއެކު، ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ޕޮމްޕޭ، ރާއްޖެ ވަޑައިގެން ފުރަތަމަ ރަސްމީ ހަރަކާތެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވަނީ ބައްދަލު ކުރައްވާފައެވެ. 

މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ޕޮމްޕޭއާއެކު ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ބޭއްވުނު ކަމަށާއި ރާއްޖެ އާއި އެމެރިކާއާ ދެމެދު ޓްރޭޑް، އިންވެސްޓްމެންޓް އަދި މެރިޓައިމް ސެކިއުރިޓީއާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރުމަށް ވާހަކަ ދެކެވުނު ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމްއާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. 

"ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާ މަންޒަރު ފެނިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ. 

މިއީ އެމެރިކާގެ މިހާ އިސް ބޭފުޅަކު ރާއްޖެއަށް ކައިރި މުސްތަގުބަލެއްގައި ވަޑައިގެންނެވި ފަހަރެވެ. އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެންމެފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992 ވަނަ އަހަރުއެވެ.

މިހާރު ޕޮމްޕޭ ގެންދަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ދެ ގައުމުގެ ދެމެދު ރަސްމީ ބައްދަލުވުންތައް ބާވަމުންނެވެ. އޭގެފަހުން ދެ ބޭފުޅުން އެކުގައި ޕްރެސް ސްޓޭޓްމެންޓެއް ދެއްވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.