ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވުމަށް ނިންމައިފިއެވެ. މިހާރު ރާއްޖެއާ ގުޅޭ ކަންކަން ކުރަމުން ދަނީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއިންނެވެ. 

ރާއްޖޭގައި މިހާރު ވެސް އެމެރިކާގެ ސެންޓަރެއް ހުރެއެވެ. ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

މިކަމުގެ ސަބަބުން ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެމެރިކާގައި ދިރިއުޅޭ ދިވެހިންނަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިމިވަނީ އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވަމުންދާ ދަނޑިވަޅެއްގައެވެ. 

މިއީ އެމެރިކާގެ މިހާ އިސް ބޭފުޅަކު ރާއްޖެއަށް ކައިރި މުސްތަގުބަލެއްގައި ވަޑައިގެންނެވި ފަހަރެވެ. އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެންމެފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992 ވަނަ އަހަރުއެވެ.

މިހާރު ޕޮމްޕޭ ގެންދަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ދެ ގައުމުގެ ދެމެދު ރަސްމީ ބައްދަލުވުންތައް ބާވަމުންނެވެ. އޭގެފަހުން ދެ ބޭފުޅުން އެކުގައި ޕްރެސް ސްޓޭޓްމެންޓެއް ދެއްވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.