އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފިއެވެ. ރައީސް، ޕޮމްޕޭއާ ބައްދަލު ކުރައްވާފައިވަނީ އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. 

މިއީ އެމެރިކާގެ މިހާ އިސް ބޭފުޅަކު ރާއްޖެއަށް ކައިރި މުސްތަގުބަލެއްގައި ވަޑައިގެންނެވި ފަހަރެވެ. އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެންމެފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992 ވަނަ އަހަރުއެވެ. 

މިހާރު ޕޮމްޕޭ ގެންދަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ދެ ގައުމުގެ ދެމެދު ރަސްމީ ބައްދަލުވުންތައް ބާވަމުންނެވެ. އޭގެފަހުން ދެ ބޭފުޅުން އެކުގައި ޕްރެސް ސްޓޭޓްމެންޓެއް ދެއްވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.