މިއަދު ހަވީރު 3:00 ވަންދެން ބ. އަތޮޅުން ތ. އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ. 

މެޓް އޮފީހުން ވަނީ އެ ހިސާބަށް ވައިޓް އެލާޓް ނެރެފައެވެ. 

މެޓުން ބުނި ގޮތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ. 

މާލޭއަށް ވެސް މިހާރު ވެސް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. 

މާލޭގެ މޫސުން ގޯސްވެފައިވާއިރު މިއަދު މެންދުރުފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.