ކީރިތި ރަސޫލާއަށާއި އިސްލާމްދީނާ ގުޅޭ ގޮތުން ބަދުބަސްބުނެ އަގުވައްޓާލަން ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ކުށްވެރިކޮށްފިއެވެ. 

ރާއްޖެއިން މިފަދައިން ބަޔާން ނެރެފައިމިވަނީ ފްރާންސްގައި ރަސޫލާއަށް ކާޓޫނު ކުރަހައި ދަރިވަރުންތަކަށް ދެއްކި މީހަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން އެ ކާޓޫން، ފްރާންސްގެ ދައުލަތުގެ ދެ އިމާރާތެއްގައި ދެއްކިއެވެ. އަދި ފްރާންސްގެ ރައީސް ވެސް ވަނީ އެކަމަށް ތާއިދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. 

އެކަމާ ގުޅިގެން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް އަރަބި އަދި މުސްލިމް ގައުމުތަކުން ދަނީ ގޮވާލަމުންނެވެ. މުސްލިމް ބައެއް ލީޑަރުން ވެސް ވަނީ ފްރާންސްގެ ވާހަކަތައް ކުށްވެރިކޮށްފައެވެ. 

ރާއްޖެއިން ނެރުނު ބަޔާނުގައި ފްރާންސްގެ ވާހަކަ ބުނެފައެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ ރަސޫލާއަށާއި އިސްލާމްދީނަށް ބަދުބަސްބުނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ބަލައިނުގަނެވޭނެ ކަމަށެވެ. ރާއްޖެއަކީ އިސްލާމްދީނުގެ އަސާސްތައް މަތީ އޮވެ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކުރިއަރުވައި ގައުމެއް ކަމަށެވެ. 

ރާއްޖެއިން ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމަށް އަބަދުވެސް ދެކޮޅު ހަދާ ކަމަށާއި ދީނުގެ ނަމުގައި ހިންގާ އެފަދަ އަމަލުތައް ވެސް ކުށްވެރިކުރާ ކަމަށެވެ. ނަމަވެސް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމާއި ސުލްހަވެރި އިސްލާމް ދީނާ ގުޅުވުމަށް ކުރަމުންދާ ކަންކަން ވެސް ބަލައިނުގަންނަ ކަމަށް ބަޔާނުގައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.