ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމޯ އަދި އެ ކްލަބްގެ ބޯޑު މެމްބަރުން މަގާމުން އިސްތިއުފާ ދީފިއެވެ. މިއީ އެ ކްލަބްގެ ސަޕޯޓަރުން ކުރަމުން ދިޔަ ވަރަށް ބޮޑު އުއްމީދެކެވެ. 

ބާސާގެ އެތެރޭގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާތާ އަހަރުތަކެއް ވަނީ ވެފައެވެ. އެހެން ނަމަވެސް މި މައްސަލަތައް ފަޅައިގެން ދިޔައީ ޔުއެފާ ޗެމްޕިއަންސް ލީގުގައި 8-2 އިން ބަޔާން މިއުނިކް އަތުން ބަލިވުމާއި ކެޕްޓަން ލިއޮނެލް މެސީ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނުމުންނެވެ. ކޯޓަށް މައްސަލަ ގެންދަން ބޭނުންނުވާ ކަމަށް ބުނެ މެސީ ބާސާގައި މަޑުކުރި ނަމަވެސް ރައީސް ބާޓޮމޯގެ މަގާމުގެ އިތުބާރު ގެއްލިފައިވާތާ މަސްތަކެއް ވަނީ ވެފައެވެ. އަދި އެ މައްސަލަ ވަނީ ހުށަހަޅާފައެވެ. 

އަންނަ އަހަރު ދައުރު ނިމުމާއެކު މަގާމުން ދުރުވުމަށް ގަސްތުކުރާ ކަމަށް ބާޓޮމޯ ވަނީ މީގެކުރިން ބުނެފައެވެ. އަދި މާޗް މަހު އިންތިހާބު ބޭއްވުމަށް އޮތީ ހަމަޖެހިފައެވެ. އެހެން ނަމަވެސް އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ 20687 މީހުންގެ ސޮޔާއެކު އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިިވެއެވެ. 

2014 ވަނަ އަހަރު އެ މަގާމާއި ހަވާލުވި ބާޓޮމޯއަކީ އެ ކްލަބްގެ 40 ވަނަ ރައީސްއެވެ. އޭނާގެ ދައުރުގައި ބާސާއިން ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް އެ ކްލަބް ދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. އަދި އަގުބޮޑުކޮށް ކުޅުންތެރިން ގަނެ ކްލަބް އޮތީ މާލީ ގޮތުން ވަރަށް ސީރިއަސް ހާލަތުގައެވެ. ހަމައެހެންމެ މެސީއާއެކު ޔޫރަޕުގައި ކާމިޔާބު ހޯދިފައިނުވާއިރު މިކަމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އޭނާގެ ދައުރުގައި ބާސާއަށް ގެނައި ގިނަ ކުޅުންތެރިން ވީ ފްލޮޕުންނަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.