ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވަނިކޮށް ބަރުލަމާނީ ނިޒާމް ގެނައުމުގެ މަޝްވަރާ ކުރުމަށް ތައްޔާރެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ކާށިދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މިވަރުގެ ބޮޑު ބަދަލެއް ގެންނަން ނިންމާއިރު އާ ގާނޫނުއަސާސީގެ ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައުރެއް ފުރިހަމަ ކުރެއްވި ރައީސް ޔާމީން ޖަލުގައި އޮންނެވީ ޖަލުގައި ކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް މިފަދަ މަޝްވަރާއަކަށް ދިޔުމަށް ތައްޔާރެއް ނޫން ކަމަށާއި އެކަން ގަބޫލެއް ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން މިއަދު މިތިބީ ނިޒާމުގެ މައްސަލާގައި ރައްޔިތުން ކުރިން ނިންމާފައިވާ ގޮތުގެ މަތިން ކުރިޔަށް ދިޔުމަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި މިވަގުތަކީ ނިޒާމް ބަދަލު ކުރަންވީ ވަގުތެއް ނޫން ކަމަށާއި އިންސާފް ގާއިމް ކުރަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމް ގެނައުމުގެ މައްސަލާގައި އިތުރު އެއްވެސް މެންބަރަކު ބަހުސްއެއް ނުކުރެ އެވެ. އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ވޯޓަށް އަހާނެ އެވެ.