ހދ. ހަނިމާދު ބަނދަރު ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ 25 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރާނެއެވެ. އަދި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އަދި 2،583 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރު ބައްތި ވެސް މަޝްރޫއާއެކު ޖެހިގެންދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. 

މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ ފަޅު ފުންކުރުމުގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. 

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. މި މަޝްރޫއަށް 57,124,555.00 ރުފިޔާ ޚަރަދު ކުރެވިގެންދާނެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.