ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު ކަމަށް އަލަށް އައްޔަނުކުރެވުނު ޤާސިމް އަބްދުލް ކަރީމް އައްޔަނުކުރައްވައިފިއެވެ. 

މި މަގާމަށް އޭނާ އައްޔަނުކުރައްވާފައިކާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ. އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ އިއްޔެއެވެ. 

ޤާސިމް ޢަބްދުލްކަރީމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ލީކުކޮށްލި ފަރާތެކެވެ. އެގޮތުން، ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރްސީގެ މައުލޫމާތު ލީކުކުރުމުން، 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއްވެސް ޤާސިމްއަށް އައެވެ. ޤާސިމް ޖަލުން މިނިވަންވީ 2017 ގައެވެ.

ގާސިމް ހިމެނޭހެން އެންއައިސީއަށް ރައީސް ސޯލިހު ހަތަރު ބޭފުޅަކު އައްޔަނުކުރެއްވީ މީގެ ދެ ދުވަސް ކުރިންނެވެ. އެގޮތުން ދެން އައްޔަނުކުރެއްވީ މާފަންނު ޕިސްތާގެ އަލްފާޟިލާ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.