ލ. އަތޮޅު ވަޑިނޮޅު ކަނޑު ތެރެއިން މަސްދޯންޏެއް ހައިޖެކް ކުރި ކަމަށް ބުނާ މައްސަލާގައި ރޭގެ ވަގުތެއްގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މަސްދޯނި މައްސަލާގައި ރޭ ހައްޔަރު ކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި ކޯޓުން އެ ތިން މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް އެ ދޯންޏަށް ތޫނު އެއްޗެއްސާއެކު އެރި މައްސަލައާ ގުޅިގެން އިތުރު ފަސް މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރުގެ މީހަކާއި، 22 އަހަރުގެ ދެ މީހަކާއި 35 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ. މި އެންމެނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މަސްވެރިކަން އުޅުނު "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު ތިރީހަކަށް މީހުން އެރި ކަމަށް އެ ދޯނިން ވަނީ މައުލޫމާތު ދީފައި ވެއެވެ. އަދި އެމީހުން އަރާ ދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށް ވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގި ކަމަށް ވެސް ބުނެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.