ކޮވިޑް ޖެހިގެން މަރުވި މީހަކު ހުޅުމާލޭ ސަހަރާގައި ވަޅުލަނީ == ފޮޓޯ؛ ނިޝާން އަލީ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް ޖެހިގެން ރޭ 11:38ގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށާއި، އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މިއާއެކު، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 156އަށް އަރާފައިވާއިރު، އޭގެ ތެރެއިން މި މަހު މަރުވި 83 މީހުން ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މީހުން މަރުވާ އަދަދު އިތުރު ވެފައި މިވަނީ މި ބަލީގައި ޕޮޒިޓިވް ވާ އަދަދު ވެސް އިތުރު ވުމާއެކުއެވެ. އެގޮތުން، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ނިސްބަތުން ބަލާ ނަމަ، ރާއްޖޭގައި މަރުވަނީ އޭގެ 0.3 އިންސައްތަ މީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *