އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕޭ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ މާދަމާގެ ވަގުތެއްގައި ވެސް މާލެ ސަރަހައްދު ބައެއް ހިސާބުތައް ބަންދު ކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ ޕޮމްޕޭ ރާއްޖެ ވަޑައިގަންނަވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި ބައެއް މަގުތަކާއި ސަރަހައްދުތައް މާދަމާ 12:30 ން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެކިވަގުތުތަކުގައި ބަންދު ކުރާނެ ކަމަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރާނީ ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް ކަމަށް ފުލުހުން ބުންޏެވެ. 

މިގޮތުން ބަންދު ކުރާ ސަރަހައްދުތަކަކީ އެއާޕޯޓް މަގާއި ސިނަމާލެ ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކެވެ. އޭގެ އިތުރުން ގްރީން ޒޯން ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ވެސް ބަންދުވާނެ ކަމަށް ފުލުހުން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.