މާލޭގައި ޓެކްސީ ދުއްވަމުން އަންނަ އަންހެން ޑްރައިވަރެއްގެ ޓެކްސީގެ ބިއްލޫރިގަނޑު އަނެއްކާ ވެސް ތަޅާލައިފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި މާލޭ އިއްޒުއްދީން މަގު ތޮއްޔިބާ މިސްކިތް ކައިރީ ޕާކްކޮށްފައި އޮތް ޓެކްސީއެއްގެ ވިންޑްސްކްރީން ތަޅާލާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

އެ ޓެކްސީ ޑްރައިވަރު ފޭސްބުކްގައި ބުނެފައިވާ ގޮތުން މިއީ އޭނާގެ ޓެކްސީގެ ބިއްލޫރިގަނޑު ތަޅާލި ފަސް ވަނަ ފަހަރެވެ. އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންވެ، ކާންބޯން ކުރާ މަސައްކަތް ހުއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.