ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެތައް ބަޔަކު އިންތިޒާރުކުރަމުން ދިޔަ ފްރެންޑްސް ރީޔޫނިއަން ބުރާސްފަތި ދުވަހު ވަނީ ޕްރިމިއާކޮށްފައެވެ. މިއީ ފްރެންޑްސް ނިމުނުތާ 17 އަހަރަށްފަހު ފްރެންޑްސްގެ ތަރިން އެއްކޮށް ކެމެރާ ކުރިމަތިން ފެނުނު ފުރަމަ ފަހަރެވެ.1994 ވަނަ އަހަރު ފެށިތާ 27 އަހަރު ފަހުންނެވެ. ގިނަ ބައެއް އިންތިޒާރު ކުރަންމުންދިޔަ މި ރީޔޫނިއަން ހޯސްޓްކުރީ ލޭޓްނައިޓް ހޯސްޓް ޖޭމްސް ކޯޑަންއެވެ. ޖޭމްސް ކޯޑަން ބުނިގޮތުގައި ފްރެންޑްސް ވަނީ 100 ބިލިއަން ފަހަރު އެކި ޕްލެޓްފޯމްތަކުގައި ސްޓރީމްކޮށްފައެވެ. ފްރެންޑްސް ރީޔޫނިއަން އެޕިސޯޑުން ފާހަގަކުރެވުނު ކަންކަން ލިޔެލާނަމެވެ.

ސީރީޒްގެ ތަރިން ސެޓުން އެކި އެއްޗެހި ގެންދިޔަ

 

އެޕިސޯޑު ފެށޭއިރު ފްރެންޑްސްގެ ސެޓަށް ހުރިހާ ތަރިންގޮސް ހަނދާންތަން އާކުރާތަން ފެނިގެންދެއެވެ. މެޓް ލަ ބްލާންކް އައި ގޮތަށްވެސް ބަލާލީ މޮނިކާގެ އެޕާޓްމަންޓްގެ މޭޒުގައި ކޯޓްނީގެ ޑައިލޮގްތައް ލިޔެފައި ހުރިތޯއެވެ. އެންމެން އެއްކޮށް ފެނީނަމަ ކޯޓްނީ އައިގޮތަށް ރޮވުނެވެ. މެޓް ލަ ބްލާންކް ޓިޝޫއަކުން ކޯޓްނީގެ ކަރުނަ ފޮހެލައިދެމުން ކޯޓްނީއަށް ޖެއްސުމަށް މޭޒުގައި ލިޔެފައިހުރި ކޯޓްނީގެ ޑައިލޮގްތައް އެއްދުވަހު ފޮހެލި ވާހަކަ ކިޔައިދިނެއެވެ.  ގިނަދުވަސްތަކެއް ފަހުން ދިމާވި ބައެއްހެން ހީވެސް ނުވެއެވެ. މޮނިކާގެ އެޕާޓްމެންޓްގައި ހުރި ކުކީ ޖާރ އިނީ ލިސާގެ ގޭގައި ކަން ކޯޓްނީ ހާމަކުރުމުން ޖެނިފާ ބުނީ ނިއޯން ކޮފީ މަގް އޭނާ ގެންދިޔަކަމަށެވެ. މެޓް ގެންދިޔައީ ފޫސްބޯލް ޓޭބަލްގެ އޮރިޖިނަލް ބޯޅަކަމަށް އޭނާ ބުނުމުން މޭޒު އިންގޮތަށް ގެންދިޔަނަމައޭ މެތިއު ޕެރީ ބުންޏެވެ. މުޅި އެޕިސޯޑުގައިވެސް ފްރެންޑްސްގެ ތަރިން ހުރިހާ ޑީޓެއިލްސްއެއް ހަނދާންނުވާކަން ފާހަގަކުރެއެވެ. އެކަމަކު އަހަރުމެން ބެލުންތެރިން ހަނދާން ހުރެއެވެ. ފޫޒްބޯލް ޓޭބަލްއަށް ޑަކް އެންޑް ޗިކް ވަދެގެން އެންމެ ފަހުގެ އެޕިސޯޑުގައި މޮނިކާ އެ ހަލާކުކޮށްލާ ހަނދާން އަހަރުމެން ވެއެވެ.

ޖެނިފާ އެނިސްޓަން އާއި ޑޭވިޑް ޝްވިމާ އެކަކު އަނެކަކާ ގަޔާވި

ފްރެންޑްސްގެ ތަރިން އެކަކު އަނެކަކާ ލޯބީގެ ގުޅުން ބޭއްވުން މަނާކޮށް ކޮންޓްރެކްޓް ހަދާފައިވާކަމަށް ބޭރުގެ މީޑިއާތަކުގައި އޭރު އަޑުފެތުރުނެވެ. އަދި ފްރެންޑްސް ނިމިގެން އެތަރިންނާއެކު ބޭއްވި އިންޓަވިއުއެއްގައި އޯޕްރާ ވިންފްރީ ވެސް ވަނީ މި ކަމާ ސުވާލުކޮށްފައެވެ. 10 ސީޒަނަކަށް ދިގުދެމިގެން ދިޔަ މި ސީރީޒް ފެށިގެން ނިމެންދެންވެސް ކުރިއަށްދިޔަ ރޭޗަލް އާއި ރޮސްގެ ލޯބީގެ ވާހަކައަކީ އެންމެންވެސް ވަރަށް ޝައުގުވެރިކަމާއެކު ބަލަމުންދިޔަ ސްޓޯރީލައިނެކެވެ. ފްރެންޑްސް އުފެއްދި މާރްތާ ކައުފްމަން ބުނިގޮތުގައި އޭނާގެ ރައްބައިވެސް ސީރީޒް ނިމޭއިރު އެ ދެ މީހުން ގުޅޭނެތޯ ސުވާލުކޮށްފައިވެއެވެ. މި ދެމީހުން ގުޅުނީވެސް ސީރީޒް ނިމޭ އެޕިސޯޑުގައި "ގުޅޭނެތަ ?ނުގުޅޭނެ?"އިން ބެލުންތެރިންގެ ހިތްތަތް ރަނގަޅަށް ތަޅުވާލާފައެވެ. މިވީހާ ދުވަހު ބެލުންތެރިންނަށް ނޭނގޭ ވާހަކައެއް ޑޭވިޑް ޝްވިމާ ވަނީ ކިޔައިދީފައެވެ. އެއީ ޑޭވިޑްއާއި ޖެނިފާ އެކަކު އަނެކަކާ ފުރަތަމަ ސީޒަންތެރޭގައި ވަރަށް ބޮޑަށް ގަޔާވިކަމަށެވެ. އަދި އެކަން ދެން ތިބި ތަރިންނަށް އެނގޭކަން އެމީހުންވަނީ ބުނެފައެވެ. ޖޭމްސް ކޯޑަން އެދެމީހުން ދޭތެރޭގައި އެއްވެސް ގުޅުމެއް އޮތްތޯ ސުވާލުކުރުމުން ޑޭވިޑް ބުނީ އަބަދުވެސް ކޮންމެވެސް އެކަކު އެހެން މީހަކާއެކު އުޅުމުން ދެމީހުންނަށް ރައްޓެހިވާނެ ފުރުސަތު ނުލިބުނީކަމަށެވެ. އޭގެ އިތުރުން ޑޭވިޑް ބުނީ ހުރިހާ ކަމެއްވެސް ވީ ރަނގަޅަކަށްކަން މިހާރު ގަބޫލުކުރާކަމަށެވެ. އެއީ ދެމީހުންވެސް ގަޔާވުމުގެ ސަބަބުން ރޭޗަލް އާއި ރޮސްގެ ދެމެދު ކެމެރާ ކުރިމަތީގައި ވެސް ފެނިގެން ދިޔައީ ބެލުންތެރިންނަށް ކަމުދާ ޖޯޑެއްގެ ގޮތުގައެވެ. އަދި ރައްޓެހިވެގެން މައްސަލަޖެހި އެއްވެސް ކަމެއްނުވެ އެކުގައި 10 ސީޒަން ނިންމާލެވުނުކަމަށެވެ.

ޖެނިސްގެ މަޖާ ހިނިގަނޑުގެ އަސްލަކީ މެތިއު ޕެރީ

ފްރެންޑްސް ބަލާ ގިނަބަޔަކަށް އެންމެ މަޖާ އެކަކަށް ޖެނިސްވާނެއެވެ. ޖެނިސް ވާހަކަ ދައްކާ ގޮތާ ޖަހާލާ ހިނިގަނޑުން ފްރެންސް ބަލާ މީހުންނަށްވެސް އެހާ ހެވެއެވެ. އިއްޔެގެ އެޕިސޯޑުގައި ޖެނިސްގެ ބައި އަދާކުރި މޭގީ ވީލާވެސް ވަނީ ބައިވެރިވެފައެވެ. މޭގީ ބުނިގޮތުގައި ޖެނިސްގެ ހިނިގަނޑު އެއީ އެހާ އުނދަގޫ ކަމެއް ނޫންކަމަށެވެ.އެއީ މެތިއު ޕެރީއެހާވެސް މަޖާ ކަމަށެވެ. ޗޭންޑްލާގެ ރޯލު އަދާކުރި މެތިއު ޕެރީއަކީ ހަގީގަތުގައިވެސް ވަރަށް ސަކަ މިޒާޖެއްގެ ވެރިއެކެވެ. ޝޯގެ ތަރިންގެ ތެރެއިން ލިޔުންތެރިންނާއެކު އެ މޭޒުން ޖާގަހޯދައިފައިވާ ހަމައެކަނި ތަރިއަކީ މެތިއު ޕެރީކަން ފާހަގަކުރެވެ. ޑޭވިޑް ކްރޭން އާއި މާރްތާ ކައުފްމަން ބުނި ގޮތުގައި ޗޭންލާ އާއި މޮނިކާގެ ލޯބީގެ ސްޓޯރީލައިން ކުރިއަށް ގެންދިޔައީ އެކަމަށް ބެލުންތެރުންގެ ފަރާތުން އައި ރިއެކްޝަން ހީވެސް ނުކުރާހާ ބޮޑުވުމުންކަމަށެވެ. ޝޫޓިންގ ކުރިއަށްދާއިރު އަބަދުވެސް އޯޑިއަންސް ހޭތޯ ބަލާކަމަށާއި އެމީހުންނަށް ކިތަންމެ ކަމުދާ ޖޯކެއް ވިޔަސް ބަލަން އައިސް ތިބޭ މީހުން އެވަރަށް ނުހޭނަމަ އަލުން އެބައި ލިޔާކަމަށްވެސް ބުންޏެވެ.

 

ބެކަމްއަށް އެންމެ ކަމުދާ އެޕިސޯޑަކީ އެންމެ ގިނަދުވަހުން ނަގާ ނިމުނު އެޕިސޯޑު

އިނގެރޭސިވިލާތުގެ ގައުމީ  ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނިގޮތުގައި ފުޓުބޯޅަ ކުޅުމަށް އެކި ސިޓީތަކަށް ގޮސް އުޅޭއިރު ހޮޓަލުގައި ފްރެންޑްސް ބަލާކަމަށެވެ. އަދި އޭނާއަކީ މޮނިކާއެއް ކަމަށެވެ. އެއީ ބެކަމް އަކީވެސް މޮނިކާކަހަލަ ސާފުތާހިރުކަމަށް އިންތިހާއަށް ލޯބިކުރާ މީހެއްކަމަށްވާތީކަމަށް އޭނާ ބުނެއެވެ.  މީގެ އިތުރުން ބެކަމް ބުނިގޮތުގައި އެނާއަށް އެންމެ ކަމުދާ އެޕިސޯޑަކީ "ދަ ވަން ވެއާ ނޯވަން އިޒް ރެޑީ" ކަމަށެވެ. މި އެޕިސޯޑާ ގުޅިގެން ފްރެންޑްސްގެ އެގްޒެކެޓިވް ޕްރޮޑިއުސާ ކެވިން ބްރައިޓްވެސް ވަނީ ބެލުންތެރިންނާ ވާހަކަތަކެއް ހިއްސާކޮށްފައެވެ. މި އެޕިސޯޑު އެއްކޮށް ޝޫޓްކޮށްފައިވަނީ މޮނިކާގެ އެޕާޓްމެންޓްތެރޭގައެވެ. އެއީ ޝޯގެ ކުރީކޮޅަށްވެފައި ބަޖެޓުގެ ތާށިކަން އޮތުމުން އިތުރު ސެޓަކަށް ނުގޮސް އެ އެޕިސޯޑު ނިންމާލުމަށެވެ. މި އެޕިސޯޑުގެ ޝޫޓިންގްގައި މެޓް ލަ ބްލާންކް ގެ ކޮނޑުހުޅު ނެއްޓި އަނިޔާވުމާ ގުޅިގެން މި އެޕިސޯޑަކީ އެންމެ ގިނަ ދުވަހުން ޝޫޓްކުރި އެޕިސޯޑްކަމުގައިވެސް ގިނަ އެޕިސޯޑުތަކެއްގެ ޑައިރެކްޑަރު ކެވިން ބްރައިޓް ވަނީ ބުނެފައެވެ.

ރޮސްގެބައި ކުޅެން ޑޭވިޑް ޝްވިމާ އެއްބަސްވީ ވަރަށް އާދޭސްކޮށްގެން , ޖެނިފާ އެނިސްޓަން އާއި މެތިއު ޕެރީ ތިބީ އެހެން ސީރީޒްތަކަށް ސޮއިކޮށްގެން

 

މާރްތާ ކައުފްމަން އާއި ޑޭވިޑް ކްރޭން ބުނި ގޮތުގައި ރޮސްގެ ބައި ލިޔުނީވެސް ޑޭވިޑް ޝްވިމާ އަށް ވިސްނައިގެން ކަމަށެވެ. ނަމަވެސް ޓީވީގައި މަސައްކަތްކުރި އިރު ހިތި ތަޖުރިބާތަކެއްކޮށް ޑޭވިޑް އޭރު ހުރީ ލޮސް އެންޖެލީސް ދޫކޮށް ޝިކާގޯގައި ކަމަށާއި ޑޭވިޑް އައީ ވަރަށް އާދޭސްކޮށްގެން ކަމަށެވެ.

ޖެނިފާ އެނިސްޓަންއަކީ 6 މީހުންތެރެއިން އެންމެ ފަހުން ކާސްޓްކުރެވުނު ތަރިކަން މާރްތާ ވަނީ ފާހަގަކޮށްފައެވެ. އަދި ޖެނިފާ ދިޔައީ އޭރު އެހެން ޝޯއެއްގެ ފުރަތަމަ ސީޒަން ކުޅެމުން ކަމަށާއި, އެ ސީރީޒް ސީ.ބީ.އެސްއިން ގަތްނަމަ ރޭޗަލްގެ ބައިން ޖެނިފާ ވަކިވާން ޖެހުނީސް ކަމަށް ވެސް މާރްތާ ބުންޏެވެ. ފްރެންޑްސްގެ ފުރަތަމަ 3 އެޕިސޯޑު ޝޫޓްކުރީވެސް އަލުން ޝޫޓްކުރަން ޖެހިދާނެކަން އެނގުނަސް ރޭޗަލްގެ ބަޔަށް ޖެނިފާ ހަމަ ފުރިހަމަ ކަން އެނގޭތީކަމަށް މާރްތާ ކައުފްމަން އިތުރަށް ކިޔައިދިނެވެ. މިކަމާ ގުޅިގެން ޖެނިފާ އެނިސްޓަން އިތުރަށް ވާހަކަދައްކަމުން ބުނީ އޭނާ އޭރު ކުޅެމުން ދިޔަ ސީރީޒްގެ ޕްރޮޑިއުސަރު ކައިރިން އެއިން

 

ވަކިކޮށްދޭން އެދުނުކަމަށެވެ. އަދި ފްރެންޑްސް ކުޅެން ބޭނުންވާކަމަށް ބުނުމުން އެ ޝޯ އިން އެނާ މަޝްހޫރު ނުވާނެކަމަށް ވެސް ޕްރިޑިއުސަރު ބުނިކަމަށް ޖެނިފާ ބުންޏެވެ.

މެތިއު ޕެރީ ކުޅެމުންދިޔައީ މުސްތަގުބަލުގައި ލަޖޭޗް ހޭންޑަލްކުރާނެ ގޮތުގެ ސީރީޒްއެކެވެ. ނަސީބަކުން އެ ސީރީޒް ނުހިނގާނެކަން އެނގުމުން މެތިއު ފްރެންޑްސް އާ ގުޅުނީއެވެ. ކެވިން ބްރައިޓް ބުނި ގޮތުގައި ރޮސް އާއި ފީބީގެ ބައި ކާސްޓްކުރުމަށްފަހު 2 މަހާއި ގާތަށް އެއްވެސް މީހަކު ކާސްޓްނުކޮށް ދާންޖެހުނެވެ.

 

އެންމެ ރީތި މެޓް ލަ ބްލާންކް މިހާރު ހުރީ ފަލަވެފަ, އޮޑިޝަންއަށް ދިޔައިރު ހުރީ މޫނުގައި ބެންޑޭޖް އަޅާފައި

ހުރިހާ އެންމެން މި ދޮރުން ވަދެވޭ ޒަމާނެއްވެސް ހަނދާވާކަމަށް ޖެނިފާ އެނިސްޓަން ޖޯއީ އާއި ޗޭންޑްލާގެ އެޕާޓްމެންޓް ދޮރު ދައްކާލާފަ ބުނެއެވެ. އެއީ މެޓް ލަ ބްލާންކް މިހާރު ފަލަވެފައި ހުރި ވަރުންނެވެ. އެކަމަކު އަދިވެސް އެހާ ރީއްޗެވެ. ޑޭވިޑް ޝްވިމާ ބުނި ގޮތުގައި އެންމެ ފުރަތަމަ މެޓް ލަ ބްލާންކް ފެނިފައި ހިތަށް އެރީ ހުރިހާ ފިލްމުތަކެއް ދާނެ މީހުންނަކީ އެއީ ކަމަށެވެ . އަދި މެޓް ބަލާލާފައިވެސް އެއީ ޖޯއީކަން ބުނެލަން އެނގުނުކަމަށެވެ.

 

ކެވިން ބްރައިޓް ބުނިގޮތުގައި ޖޯއީގެ ބަޔަށް ދެ އެކްޓަރެއް ވަރަށް ގާތުން ވާދަކުރިއެވެ. މީގެ އިތުރުން މެޓް ކިޔައިދިން ގޮތުގައި އޭނާ އޮޑިޝަން އަށް ދިޔައިރު ހުރީ ނޭފަތްމަތީގައި ބެންޑޭޖު އަޅާފައިކަމަށާއި އެކަންވީގޮތުގެ ވާހަކަ ކިޔައިދިނީމަ އެކަންވީ އެމީހުންނަށް ވަރަށް މަޖާކަމަކަށެވެ. އަދި ޖޯއީގެ ބަޔަށް ވާދަކުރި އަނެއް އެކްޓަރު ވަނީ ފްރެންޑްސްގައި ޖޯއީގެ ފޭކް ޓްވިންގެ ބައި ކުޅެފައެވެ.

 

ރީޔޫނިއަން ކުރިއަށް ދިޔައީ ގިނަ ބައެއްގެ ބައިވެރިވުމާއެކުގައި

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްރެންޑްސްގެ ބެލުންތެރިން ވަނީ ފްރެންސްއަށް އެމީހުންގެ ހިތުގައި ދެވިފައިވާ ލޯބި ކިޔައިދީފައެވެ. ފްރެންޑްސް ބެލުމުން އެންޒައިޓީ ދަށްކޮށްދޭކަމަށް ބައެއް ސްޓަޑީތަކުންވެސް ވަނީ ދައްކާފައެވެ. އެގޮތުން އިންޑިއާގެ ޒުވާނެއް ބުނީ އޭނާގެ ބައްޕަ ބަލިވުމުން ޑިޕްރެޝަނަށް ގޮސް އަމިއްލައަށް މަރުވުމުގެ ހިޔާލުތަކުން އަރައިގަތީ ފްރެންޑްސް ބަލައިގެން ކަމަށެވެ.

މޮނިކާއާއި ރޮސްގެ މައިންބަފައިންގެ ރޯލު އަދާކުރި ކްރިސްޓީނާ ޕިކަލްސް އަދި އެލިއަޓް ގޯލްޑް ވަނީ ރީޔޫނިއަންގައި ބައިވެރިވެފައެވެ. އެދެމީހުންވެސް ބުނީ ވަކި ހިސާބަކުން އިހްސާސު ކުރެވެނީ އެ 6 ފަންނާނުންނަކީ އަމިއްލަ ދަރިންގެ ގޮތުގައިކަމަށެވެ. އަދި ޖެނިފާ އެނިސްޓަންވެސް ބުނީ ސީރީޒްގެ ފަހަކަށް އައިސް އެމީހުންނަށްވެސް ހަމަ ކިޔެނީ ޕޭރެންޓްސް ކަމަށެވެ.

 

ދެން ފެނިގެން ދިޔައީ ފްރެންޑްސްގެ ހުރިހާ ބެލުންތެރިންވެސް ލޯބިވާ "ސްމެލީ ކެޓް" ލަވަ ލީސާ ކުޑްރޯވް އާއެއްކޮށް ލޭޑީ ގާގާ ކިޔާލިތަނެވެ. ލޭޑީ ގާގާވަނީ ލީސާ ކުޑްރޯވް ކުޅުނު ފީބީ ބުފޭ ގެ ކެރެކްޓާއަކީ ތަފާތު މިޒާޖު ހުންނަ މީހުންނަށް އެންމެނާ އެއްގޮތްނުވިޔަސް އެންމެނާ އެއްކޮށް އުޅުމަށް ހިތްވަރު ލިބޭ ކެރެކްޓާއެއްކަމަށް ބުފައެވެ. އަދި ގަންތާވެސް ވަނީ ޒޫމް މެދުވެރިކޮށް ރީޔޫނިއަންގައި ބައިވެރިވެފައެވެ. އޭނާ ބުނިގޮތުގައި އެއީ އޭނާގެ ހަޔާތުގެވެސް އެންމެ އުފާވީ 10 އަހަރުކަމަށެވެ.

ފްރެންޑްސް ފެޝަން ޝޯ

 

ފްރެންޑްސްގެ އެކި ސީޒަންތަކުގައި މަޝްހޫރު ވި ކޮސްޓިއުމްތައް ލައިގެން ރަންވޭގައި ހިނގާލީ ހަމަ އެހާމެ މަޝްހޫރު މީހުންނެވެ. އެގޮތުން ރޭޗަލްގެ މިންޑީ ބްރައިޑްސް މެއިޑް ހެދުމާ ރޮސްގެ ހޮލިޑޭ އާމަޑިލޯ ލައިގެން ހުރީ ފެޝަން މޮޑެލް ކާރާ ޑެލެވީންއެވެ. ރޮސްގެ ލެދަރ ޕޭންޓްސް ދައްކާލީ 90ގެ އެންމެ ރީތި އެއް މޮޑެލް ކަމަށްވާ ސިންޑީ ކްރަވްފާޑްއެވެ. ރޮސްގެ ހެލޮވީން ސްޕަޑްނިކް ލައިގެން ހިނގާލީ ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއެވެ. ޑޭވިޑް ޝްވިމާ އެންމެ ކަމުދާ ޝޯން ޕެން އާ އެއްކޮށް ޝޫޓްކޮށްލަން ލިބުނު ދުވަހު އޭނާއިނީ "ޕޮޓޭޓޯ"އަކަށް ހަދާފައިކަމުގައެވެ.އަދި ޗޭންޑްލާގެ ހުރިހާ އަންނައުނެއް ލައިގެން ރަންވޭއަށް އެރީ ސީރީޒްގައިވެސް އެ އަންނައުނު ލައިގެން އުޅުނު މެޓް ލަ ބްލާންކްއެވެ. މި ލުކްވަނީ ރަލްފް ލޯރަންއިން ޑިޒައިނެއްގެ ގޮތުގައި މީގެ ކުރިން ބާޒާ

 

ރަށްވެސް ނެރެފައެވެ.

ރީޔޫނިއަށް އެޕިސޯޑު ނިންމާލީ ފްރެންޑްސްގެ ތަރިން އެކަކު އަނެކަކާ ގިނައިން ދިމާވާންވާނެކަމަށް ބުނަމުންނެވެ. އަދި ސީރީސްގެ އިތުރު އެޕިސޯޑެއް ކުޅުމާމެދު މާރްތާ ކޯފްމަން އަދި ޑޭވިޑް ކްރޭން ބުނީ ފްރެންޑްސްއަކީ ޒުވާންއުމުރު ފެށިގެންދާ ހިސާބުގައި އާއިލާއަށް ވުރެން ބޮޑަށް ރަހުމަތްތެރިންނާއެކު ހޭދަކުރާ ދުވަސްވަރުގެ މައްޗަށް ބިނާކުރި ސިރީޒްއެއްކަމަށެވެ. ސީރީޒްގެ ކެރެކްޓާތައް އަމިއްލަ އާއިލާ ފަށާ ހިސާބުން އެ ދުވަސްތައް ނިމުނީކަމަށެވެ. އެހެންކަމުން ސީރީޒްވެސް އެގޮތަށް އަމިއްލައަށް ނިމުނީކަމަށެވެ. ޑޭވިޑް ޝްވިމާ ވަނީ މާސެލްއާ ބެހޭގޮތުންވެސް އޭނާގެ ޝުއޫރުތައް ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. އަދި ރީސް ވިދަސްޕޫން , ބީޓީއެސް އަދި ކިޓް ހެރިންގްޓަންވެސް މި އެޕިސޯޑުގައި އޭނާއަށް އެންމެ ކަމުދާ ސީން ކިޔައިދީފައި ވެއެވެ. ހުރިހާ އެއްޗެއް ކިޔުންތެރިންނަށް ކިޔާދޭކަށް ނެތީމެވެ. ރާއްޖެއިން މި އެޕިސޯޑު ބަލަން އެންމެ ފަސޭހައީ މޫވީލިންކްގެ ވެބްސައިޓްއިންނެވެ. ފްރެންސްޑްސްގެ ކޮންމެ އެޕިސޯޑެއްގެ ކުރިން ހަޑްލް ކޮށްލާހެން ރަށްޓެހިންނާއެކު ފެށުމުގެ ކުރިން ހަޑްލް އެއްކޮށްލަން ހަނދާންކޮށްދެމެވެ. ވާރޗުއަލްކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.