މަގާމްގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިން މައްސަލައެއްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދަށް ތާވަލުކުރުމަށްފަހު ކެންސަލްކޮށްފިއެވެ. 

ކުރިމިނަލް ކޯޓުން މި އަޑުއެހުން ތާވަލުކުރީ މިއަދު މެންދުރުފަހު 15:00 އަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ބުނީ އަޑުއެހުން ކެންސަލްވެފައިވާ ކަމަށެވެ. ކެންސަލްކުރި ސަބަބެއް ނުބުނެއެވެ. 

ޒިޔާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ.  

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. އެހެން ނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައި ނުވާ ކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. 

ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.