އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ މަރުގެ ތަހުގީގުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އަނެއްކާވެސް އެދިއްޖެއެވެ. 

ފުލުހުން މިއަދު ވަނީ ސިދުރަތުﷲ އެންމެ ފަހުން ފެނުނު މަންޒަރުތައް ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ފުލުހުން ބުނީ ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ. އޭނާ މަރުވެފައި އޮތްވައި ފެނުނީ އޭގެ އަނެއް ދުވަހު ހެނދުނެވެ. 

އެހެންކަމުން، ބުރާސްފަތި ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

ވީޑިއޯއިން ފެންނަ ގޮތުގައި ސިދުރަތުﷲ ރަސްފަންނު މޫދަށް ދިމާއަށް މިސްރާބު ޖަހާފައިހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާގެ މޫނު މަތިން ނުވަތަ ހަރަކާތްތަކުން ވެސް އެއްވެސް އަދާޔާ ހިލާފު ކަމެއް ފާހަގައެއް ނުކުރެވެއެވެ. 

ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ވެސް ހަދަން ނިންމާފައިވާއިރު މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އޭނާ މަރުވެފައި އޮތްވައި ފެނުނުއިރު ހަށިގަނޑުގައި ބައެއް ޒަހަމްތައް ހުރި ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.