ރާއްޖޭގެ ހަރުމުދާ ބަލައި ޗައިނާގެ ބޭންކުން އައުމަކީ އޮތް ފުރުސަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ކޮމިޓީއިން އެކުލަވާލި ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ދަރަނިތައް އެއްބަސްވެފައިވާ މުއްދަތުގައި ދެއްކެން ރާއްޖެއަށް ނެތް ކަމަށެވެ.
ދަރަނި ނުދައްކައިފިނަމަ ބޭންކުތަކުން އަމަލުކުރާ އޮންނަނީ ދެ ގޮތެއް ކަމަށާއި އޭގެ ތެރެއިން އެއް ގޮތަކީ ހަރުމުދާ ބަލައި އައުން ކަމަށެވެ. ނަމަވެސް ހަރުމުދާ ބަލައި އުމަކީ މި ޒަމާނުގައި ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަށް އެ ގައުމުތަކުން ވެސް ބޭނުން ނުވާނެ ކަމަށެވެ.
އެ ގައުމުތަކުން ކުރަން ބޭނުންވާނެ ކަމަކީ ދަރަނިތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާއަށް ދިޔުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިސްނުނޖް ހުރީ ދަރަނިތައް އިތުރު ޖޫރިމަނާ ނުހިމަނާ ގޮތަށް ރީސްޓްރަކްޗާކުރުމަށް ސަރުކާރަށް ދެންނެވުމަށެވެ.