ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އެކުލެވިގެންވާ ފޯމޭޝަން ބަދަލުކުރުމަކީ އެމްޑީޕީގެ ޝަރުއީ ދާއިރާގެ އިސްލާހީ އެޖެންޑާގައި ހިމަނާފައި އޮތް ކަމެކެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ވާހަކައެއް ނުދެއްކިއެވެ. 

ޖޭއެސްސީގައި މިހާރު އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ތިއްބަވައެވެ. އެގޮތުން ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންނެވެ. އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އިންނަވައެވެ. 

ކޮމިޝަންގެ ފޯމޭޝަން ބަދަލުކުރުމަށް ޖޭއެސްސީގެ ވާހަކަތައް ބަޔާންކޮށްފައިވާ ގާނޫނު އަސާސީގެ މާއްދާތައް އިސްލާހު ކުރުމަށް ބިލް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް (ޓޮމް)އެވެ. އޭނާއަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މެންބަރެކެވެ.

މިއަދު ވަނީ ބިލްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އިދިކޮޅު މެންބަރުން އެކަންޏެވެ. އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް މެންބަރަކު ވާހަކަ ދައްކަވާފައިނުވާއިރު ބިލްގެ އިބްތިދާއީ ބަހުސް ވަނީ ނިންމާލާފައެވެ. ދެން އޮންނާނީ ބިލް މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމެވެ. 

ބިލް ބަލައިގަންނާނެ ކަމާމެދު ވެސް މިހާރު ސުވާލު އުފެދިފައިވާއިރު، ބިލް ބަލައިގެންފިނަމަ ބިލްގެ މަސައްކަތް ދާނީ ޖުޑިޝަރީ ކޮމިޓީއަށެވެ. އެ ކޮމިޓީގައި ވެސް މެންބަރު ހިސާން ހުސެއިން އިންނަވައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.