ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. 

ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެކެވެ. 

ފުލުހުން އިއްޔެ ބުނި ގޮތުގައި އެ ދޯންޏަށް ބަޔަކު ތޫނު އެއްޗެހި ހިފައިގެން އެރީ އެ ދޯންޏާ ގުޅޭ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަމުން ނުދާތީ ކަމަށް ބުނެ ކަމަށެވެ. 

ދޯންޏަށް ހަތިޔާރާއެކު ބަޔަކު އެރީ ލޯންޗެއްގައި ގޮހެވެ. ފުލުހުން ބުނީ ދޯންޏަށް ގޮސް ބެލިއިރު އޭގައި ތޫނު އެއްޗެހި ހުރި ކަމަށެވެ. ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ކަމަށާއި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ވެސް ކުރަމުންދާ ކަމަށެވެ. އަދި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.