ސ. މީދޫ ބަނދަރު ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މުޅި މަޝްރޫއުގެ 80 އިންސައްތަ މަަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން، މީދޫ ނެރު ފުންކުރުމުގެ މަސައްކަތުގެ 34 އިންސައްތަ އާއި އެއްގަމު ތޮށީގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ. މި މަޝްރޫއު މޮބިލައިޒްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. 

މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 115 މީޓަރު ބޭރު ތޮށި ޖެހުމާއި، 496 މީޓަރު އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހެދުމާއި، ބަނދަރު ފުން ކުރުމާއި، ބަނދަރު މަގު ފުންކުރުމާއި، 4 ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި 11 ލައިޓް ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއަށް 35,436,107.38 ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.