ރ. އުނގޫފާރު މަގުތައް ހެދުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެރަށުގައި ގާއިމްކުރި ފެން ހިންދާ ނިޒާމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. އަދި އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިހާރު ކުރިޔަށްދަނީ އެ ރަށުގެ މަގުތައް އެއްވަރު ކުރުމުގެ މަސައްކަތެވެ. 

މި މަޝްރޫއުގެ ދަށުން އެރަށުގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 19 މިލިއަން ރުފިޔާ ޚަރަދު ކުރެވިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.