ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ފްރާންސްގެ ބިލިއަނަރު ބަނަރޑް އާނޯ ވަނީ ހޯދާފައެވެ. މިލްކިއްޔާތުގައި 186 ބިލިއަން ޑޮލަރަށްވުރެ ގިނައިން އަދަދުކުރެވޭ ބާނާ ފާހަގަވެފައިވަނީ ހޮސްޕިޓަލިޓީ އަދި ރީޓެއިލްގެ ދާއިރާއިންނެވެ. ބާނާގެ އެންމެ ފާހަގަކޮށްލެވޭ އެލްވީއެމްއެޗް ވިޔަފާރިއަށް މިޕެންޑެމިކް ތެރޭގައި ލިބުނު ފައިދާގެ ސަބަބުން މިލްކިއްޔާތަށް 145 އިންސައްތަ އިތުރުވިއެވެ.

2017 އިން ފެށިގެން މި މަގާމް ހިފެހެއްޓި ޖެފް ބޭޒޯސްއަށް ފަހު މިއަހަރުގެ ކުރީކޮޅު އީލޯން މަސްކްވެސް ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދާފައެވެ. ނަމަވެސް ޕެންޑެމިކް ތެރޭގައި ލުއި ވިތޯންއަށް ލިބުނު ކުރިއެރުމުގެ ސަބަބުން އާނޯއަށް ވަނީ އެންމެ މުއްސަނދި މީހާގެ މަގާމު ލިބިފައެވެ. ކުޑަ ތަފާތަކާއެކު މި ލިސްޓުގެ ދެވަނައި ގައި ޖެފް ބޭޒޯސް ހިމެނޭ އިރު އީލޯން މަސްކް ވަނީ މިހާރު 3 ވަނައިގައެވެ.

ގިނަ މީހުން އެހާ ދަންނަ ނަމެއްކަމުގައި ނުވިޔަސް އާނޯ ވަނީ 2018 އިން ފެށިގެން ދުނިޔޭގެ އެންމެ މުއްސަނދި 5 މީހުންގެ ތެރޭގައި ހިމެނިފައެވެ. ފްރާންސްގެ ލަގްޝުރީ ބްރޭންޑް ލުއި ވިތޯން, ޑޮމް ޕެރިނިއޯން, އަދި ކްރިސްޓިއަން ޑިއޯ ފަދަ މައްޝޫރު ބްރޭންޑްތަކަކީވެސް އާނޯގެ ލަގްޝުރީ ގްރޫޕް ލުއި ވިތޯން މޮއޭ ހެނެސީ(އެލްވީއެމްއެޗް)ގެ ހިއްސާއެކެވެ. މިއަހަރުގެ ޖެނުއަރީ މަހު އެލްވީއެމްއެޗް ވަނީ ޓިފަނީ އެންޑް ކޯ އަށް 16 ބިލިއަން ޑޮލަރުގެ ޑީލެއް ފުރިހަމަކޮށް މިހާތަނަށް ލަގްޝުރީ ބްރޭންޑްގެ ތާރީހުގައިވެސް އެންމެ ބޮޑު ޑީލަށް ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.