އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ އިންޑިއާއަށް ވަޑައިގެންފިއެވެ. މިއީ ޗައިނާގެ ނުޒޫފު އޭޝިއާގައި ގަދަވަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން ބޭނުންވާ ޚާރިޖީ ސިޔާސަތުތައް އޭޝިއާ ސަރަހައްދުގައި ތަންފީޒުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އޭޝިއާގެ ގައުމުތަކަށް އެމަނިކުފާނު ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅެކެވެ. 

ހޯމަ ދުވަހުގެ ވަގުތެއްގައި އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރުއާ ޕޮމްޕެއޯ ބައްދަލުކުރައްވާނެއެވެ. އަދި އަންގާރަ ދުވަހުގެ ވަގުތެއްގައި އެމަނިކުފާނާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕަރ އިންޑިއާ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއެކު ޖޮއިންޓް ސަމިޓެއް ބާއްވާނެއެވެ. އަދި މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޕޮމްޕެއޯ ބައްދަލުކުރައްވާނެއެވެ. 

ބެލެވޭ ގޮތުގައި މި ދަތުރުފުޅުގައި އިންޑިއާ އަދި އެމެރިކާއާ ދެމެދު ގާއިމްކުރެވޭ ޖިއޯސްޕޭޝިއަލް އިންޓެލިޖެންސް އެގްރީމެންޓްގައި ޕޮމްޕެއޯ ސޮއިކުރައްވާނެއެވެ. 

މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އިތުރުން ސްރީލަންކާއަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.