މިއަދާއި މާދަމާ ބްރިޖު އަދި މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތައް ބަންދުކުރަނީ ސަލާމަތީ ހިދުމަތްތަކުން ކުރިޔަށް ގެންދާ ފަރިތަކުރުންތަކަކާއި ގުޅިގެންނެވެ. އެގޮތުން މި ދެ ދުވަހުގެ މެންދުރުފަހު 13:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން އެކި މަގުތަކާއި އެކި ސަރަހައްދުތައް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ބަންދުކުރަނީ އެއަރޕޯޓް މަގާއި، ސިނަމާލެ ބްރިޖާއި، ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ގްރީން ޒޯނެވެ. މީގެކުރިން ވެސް މި ސަރަހައްދުތައް ބައެއް ކަންކަމުގައި ވަނީ ބަންދުކޮށްފައެވެ.
ބެލެވޭ ގޮތުގައި މި ފަރިތަކުރުންތަކަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ތައްޔާރުވުމަށް ކުރިޔަށް ގެންދާ ފަރިތަކުރުންތަކެކެވެ. އެމަނިކުފާނުގެ މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާނެއެވެ. ސ